ދިވެހިރާއްޖެ
މި ކައުންސިލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް ރަސްގެތީމު ފުޓްސަލް ދަނޑުގައި ކޮންކްރީޓް ޝީޓެއް އެޅުމާއި، ޕަވަރގޭމް އައުޓްޑޯމެޓް އަމިއްލަތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުމަށް 13 ޖަނަވަރީ 2015 ގައި ކުރެވުނު އިޢުލާން ނަންބަރު 2/2015/300/IUL)300-EC) އާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑުވުމުން އިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިގަނެވެންނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ރަބީޢުލްއާޚިރު 1436