ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: |
ޓެކްނީޝަން |
ވަޒީފާގެ ދާއިރާ: |
ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު: |
01 |
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ: |
-/6،300ރ އާއި -/13,300ރ. އާ ދެމެދު. |
ފެންވަރު ނުވަތަ ޝަރުޠު: |
ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ދާއިރާއާގުޅޭ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުމާއެކު ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި އޮޑޯކެޑް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއްކަމުގައިވުން. |
ދާއިރާގެ މައިގަނޑު މަސައްކަތް: |
އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްތަކަށް ބޭނުންވާ ސައިޓްސާރވޭ ހެދުމާއި ބޭސިކް ސިވިލް ޑިޒައިން ހެދުން އަދި ޓެންޑް ޑޮކިއުމަންޓްތައް ތައްޔާރުކުރުން. މީގެ އިތުރުން ސައިޓް ސްޕަވައިޒް ކުރުން. |
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު: |
22 ފެބުރުވަރީ 2015 ދުވަހުގެ 15:00 ގެ ކުރިން |
މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަގުތީ ވަޒީފާއެކެވެ. މިމަޤާމުތަކަަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީކާޑުގެ ކޮޕީ ވަޒީފާއަށްއެދޭ ފޯމާއެކު މިކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 22 ފެބުރުވަރީ 2015 ވަނަދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލަޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338262/3338234 ނަންބަރު ފޯނާއެވެ. 21 ރަބީޢުލްއާޚިރު 1436 |