ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/95
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 17 އޮގަސްޓް 2023 11:30
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިހިޔާ (ގެސްޓްހައުސް) ސާފްކޮށް ބެލެހެއްޓުމާއި ބެހޭ

މިކައުންސިލްއިން ހިންގަމުންދާ ކެނދިހިޔާ ގެސްޓްހައުސް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

1-      ކެނދިކުޅުދޫ ކައުންސިލްގެ " ކެނދި ހިޔާ " ގެސްޓްހައުސް  ކައުންސިލުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް ހުޅުވާ ލެއްޕުން.

2-      ގެސްޓްހައުސް ހިންގާ ބިމުގެ ސަރަހައްދު ސާފްތާހިރުކޮށް ބެލެހެއްޓުން. 

3-      ގެސްޓްހައުސް އިމާރާތުގައި ހުރި އުފުލޭ އަދި ނުއުފުލޭ މުދާ ރައްކާތެރިކޮށް ބެލެހެއްޓުން.

4-      ގެސްޓްހައުސް ޢިމާރާތުގެ އެތެރެ ފާރުތަކާއި، ކޮޓަރިތަކާއި، ފާޚާނާތަކާއި، އެނޫންވެސް ހުރިހާ ތަކެއްޗެއް ފޮޅާ ސާފްކޮށް ބެލެހެއްޓުން. 

5-      ގެސްޓްހައުސްއަށް ޒިޔާރަތްކުރާ މެޙްމާނުންނަށް މެޙްމާނުދާރީ އަދާކުރުމާއި، އެނދުތަންމަތި އަޅާދިނުމާއި، އެފަރާތްތަކުން އެދޭ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.

6-      ގެސްޓްހައުސްގައި ބޭނުންކޮށްފައިހުނަން ލިނަންގެ ބާވަތްތައް ދޮވެ އިސްތިރި ކުރުން.

7-      ގެސްޓްހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރުމަށް ކަނޑައަޅަފައި އޮންނަ އުޞޫލުގެ މަތިން ކޮޓަރި ދޫކޮށް މެޙްމާނުން ފުރުމުން ކޮޓަރި ހުސްކުރުމާއި، ސާފްކުރުމުގެ ކަންކަން ބެލެހެއްޓުން.

8-      ގެސްޓްހައުސް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން އެތަކެތި ހޯދުމަށް ސުޕަވައިޒަރަށް އަންގާ ރިޕޯޓް ކުރުން

9-      ގެސްޓްހައުސްއަށް ބޭނުންވާ މަރާމާތު ތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ހަލާކުވާ ތަކެތި އުކާލުމާއި، އެތަކެތި އަލުން ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.

10-  ގެސްޓްހައުސްގައި ދިވެހިރާއްޖެގައި އެއިރަކު ހެދިފައިހުރި ޤާނޫންތަކާއި ޤަވާއިދު ތަކާއި ޚިލާފް އެއްވެސް ޢަމަލެއް ނުހިނގާކަން  ކަސަވަރު ކުރުމާއި، އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ކައުންސިލާއި، ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް މައްސަލަ ހުށަހެޅުން.

 

މައިގަނޑު މަސައްކަތް:

ސުންގަޑިތައް:

17 އޮގަސްޓް 2023، 11:30 (ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް)

އަގު ބަޔާންކޮށް ސިޓީ ހުށަހެޅުން:

 
 

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް 1 އަހަރު ދުވަހަށް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 އޮގަސްޓް 2023 ވަނަ ދުވަހުގެ 11:30 އަށް އަގު ބަޔާންކޮށް ސިޓީ އާއި އައިޑީކާޑު ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ. މިމަސައްކަތް ޙަވާލު ކުރާނެ ފަރާތެއް ކަޑައެޅުމުގައި ބަލާނީ އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 މުޙައްރަމް 1445

07  އޮގަސްޓް  2023

07 އޮގަސްޓް 2023