ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304/304/2023/78
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 31 އޮކްޓޫބަރު 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ކަނދޮޅުދޫގައި ރަށްވެހިވެފައިތިބި ރަށްވެހިންނާއި ގުޅޭ

2023 ޖުލައި 11 ވަނަ ދުވަހުން ފެށިގެން ކަނދޮޅުދޫގައި ރަށްވެހިވެފައިވާ މީހުންގެ އައިޑީ ކާޑު ހެދުން، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ވަނީ ހުއްޓާލައްވާފައެވެ. އަދިވެސް ދުވާފަރުގައި ގިނަ އަދަދެއްގެ ގޯތިގެދޮރު ރަޖިސްޓްރީކޮށް ނިމިފައިނުވާތީ، އިތުރު މުއްދަތެއް ދެއްވުމަށް އެދި މި އިދާރާއިން އެދުނު އެދުމާއެކު، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ވަނީ 2023 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ކަނދޮޅުދޫގައި ރަށްވެހިވެފައިވާ ފަރާތްތަކަށް އައިޑީ ކާޑު ހަދައިދިނުމުގެ ޚިދުމަތް ދެއްވާނެކަމުގައި އަންގަވާފައެވެ.  

މިގޮތަށް އެންގިފައިމިވާ ސަބަބަކީ، 2010 އޮކްޓޫބަރު 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވިފައިވާ "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން" ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2010/15 ގައިވާ ގޮތުން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނު) 17 މެއި 2010 ދުވަހު ތަސްދީގު ކުރުމާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ކަނޑައަ ޅުއްވާފައިވާ ރަށްރަށުގެ ލިސްޓްގައި ރ. ކަނދޮޅުދޫ ހިމެނިފައި ނެތުމުންނެވެ.

                        ވީމާ މި މުއްދަތުގެ ތެރޭގައި ދުވާފަރުގައި ރަޖިސްޓްރީކޮށްފައިނުވާ ގެތައް ރަޖިސްޓްރީ ކުރައްވައި، މި މަސައްކަތުގައި މި ކައުންސިލްއަށް އެއްބާރުލުން ދެއްވުން އެދި ދަންނަވަމެވެ. އަދި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ދުވާފަރަށް ރަށްވެހި ރަޖިސްޓްރީ ހައްދަވާފައިނުވާ ފަރާތްތައް މިކަމަށް ސަމާލުކަންދެއްވައި ވީހާ އަވަހަކަށް ދުވާފަރަށް ރަށްވެހިކަން ބަދަލު ކުރެއްވުން އެދެމެވެ. ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

20 މުޙައްރަމް 1445

07 އޮގަސްޓް 2023 

07 އޮގަސްޓް 2023