ދިވެހިރާއްޖެ
މި ކުންފުނީގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ފުރަތަމަ ފަހަރު ކުރެވުނު ނަންބަރ IL-KPL/2023/010 : (28 މެއި 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރީވުމަށް: https://shorturl.at/npDE7
ބިޑްގައި ރަޖިސްޓްރީ ކުރުން.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުން ފެށިގެން 14 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް މި ލިންކް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 15 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ކަރުދާސް ވިދާޅުވެލެއްވުމަށް : https://shorturl.at/eHNO9
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ގުދަނުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި.
- އިޢުލާން ނަންބަރ : IL-KPL/2023/015
ބިޑް ހުޅުވުން
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.