ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2023/58
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 17 އޮގަސްޓް 2023 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
30 މެޑިކަލް ފްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

                           ނަމްބަރު:137-IU/PR/2023/58

      އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

 މި ހޮސްޕިޓަލަށް 30 މެޑިކަލް ފްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މެޑިކަލް ފްރިޖްގެ ޓެކްނިކަލް ސްޕެސިފިކޭޝަން މި ދަޢުވަތާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

 

  • ކޯޓޭޝަން ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެންނެވެ.
  • އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.
  • ބިޑް ސެކިއުރިޓީ  
  • ޕްރޮޕޯސަލްތައް ހުށަހަޅާފަރާތުން 9,000/- (ނުވަހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ ބޭންކަކުން / ފައިނޭންޝަލް އިންސްޓިޓިއުޓަކުން ދޫކުރާ ގެރެންޓީއެއް ނުވަތަ ކެޝިއަރސް ޗެކެއް ޕްރޮޕޯސަލާއި އެކު ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ވެލިޑިޓީ ޕީރިއަޑް ބިޑް ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
  • ބީލަން ކާމިޔާބުނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ބީލަން ކާމިޔާބުކުރި ފަރާތާއި އެކު އެގްރިމެންޓްގައި ސޮއިކޮށް ނިމުމުން އެ ފަރާތްތަކާ ހަވާލުކުރެވޭނެއެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތުން އެގްރިމެންޓުގައި ސޮއިކުރުމަށް އިންކާރުކޮށްފިނަމަ، އެފަރާތުގެ ބިޑް ސެކިއުރިޓީ އަނބުރާ ނުލިބޭނެއެވެ. 
  • ހުށަހަޅާ ބިޑް ސެކިއުރިޓީއަކަށް އިންޓްރެސްޓެއް ނުހިނގާނެއެވެ. 
  • ޕްރޮޕޯސަލް ހުށަހެޅުމަށްފަހު، ޕްރޮޕޯސަލް ވިތްޑްރޯ ކޮށްފިނަމަ އެ ފަރާތެއްގެ ބިޑް ސެކިއުރިޓީ އަނބުރާ ނުލިބޭނެއެވެ. 
  • ބިޑްއެވޯޑްވާ ފަރާތުން މަސައްކަތަށް ހުށަހަޅާ އަގުގެ %5 ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

 

  • އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

 

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

90

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

 

މުއްދަތު

10

އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް

 

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް 30 މެޑިކަލް ފްރިޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

 

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 17  އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

 

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

2-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3-      ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. 2.       މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

   20 މުހައްރަމް 1445

     07 އޮގަސްޓް 2023

07 އޮގަސްޓް 2023