މަސައްކަތް
ނަންބަރު: (IUL)13-K/13/2023/250
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 11 ސެޕްޓެންބަރު 2023 11:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މީހުން ދިރިއުޅޭ 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމު ކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

(ޕްރޮޖެކްޓް ނަންބަރު:  TES/2023/G-002)

 

(11 މޭ 2023ގައި ކުރެވުނު އިއުލާނު ނަންބަރު: (IUL)13-K/13/2023/170، ބީލަން ހުށަހެޅުމުގެ ދަޢުވަތުގެ މުއްދަތު އިތުރުކުރުން)

 

މީހުން ދިރިއުޅޭ 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމު ކުރުން

 

1. ދިވެހި ސަރުކާރާ އޭޝިއަން ޑިވެލޮޕްމަންޓް (އޭ.ޑީ.ބީ) އާ ގުޅިގެން އެކްސެލެރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓު ހިންގުމަށް ދަނީ މަޝްވަރާކުރެވެމުންނެވެ. މިގޮތުން މި ޕްރޮޖެކްޓަޓާއި ގުޅިފައިވާ މަސައްކަތްތައް ހިމެނޭހެން ޕަބްލިކް-ޕްރައިވޭޓް ޕާޓްނާޝިޕްގެ ދަށުން ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، މެއިންޓެއިން، ޓްރާންސްފަރ އުސޫލުން މީހުން ދިރިއުޅޭ 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް ޕަބްލިކް-ޕްރައިވޭޓް ޕާޓްނާޝިޕްގެ ދަށުން ޑިޒައިން، ބިލްޑް، ފިނޭންސް، އޯން، އޮޕެރޭޓް، މެއިންޓެއިން، ޓްރާންސްފަރ އުސޫލުން މީހުން ދިރިއުޅޭ 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން  : (+960) 3349113، (+960) 3349106، (+960) 3349147

އީމެއިލް : [email protected]

ކޮޕީ  : [email protected]

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 3,000/- (ތިންހާސް) ރުފިޔާ ނުވަތަ 200 (ދުއިސައްތަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2023 މޭ 14އިން 2023 ސެޕްޓެންބަރު 7އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

7. މި ޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ނަން-ޑިސްކްލޯޝަރ އެއްބަސްވުމެއްގައި ސޮއިކުރުމުން 'އޮންލައިން ޑޭޓާ ރޫމް' މެދުވެރިކޮށް ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި ފޯރުކޮށްދެވޭނެއެވެ.

8. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 500,000 ޔޫ.އެސް ޑޮލަރު (ފަސްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 180 ދުވަހެވެ.

9. ބީލަންތައް 2023 ސެޕްޓެންބަރު 11ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން، މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ފޮނުވަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

10. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.gazette.gov.mv

 

07 އޮގަސްޓް 2023