ބީލަން
ނަންބަރު: (IUL)MS-SAD/1/2023/74
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 23 އޮގަސްޓް 2023 13:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްޓޭޖް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1-  މަޖީދިއްޔާ ސްކޫލްގެ ސަލާޙުއްދީން ހޯލް ސްޓޭޖް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 07 އޮގަސްޓް 2023 އިން 10 އޮގަސްޓް 2023 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3-  ލިންކް:  https://forms.gle/AmsaR4hxCtC9EemW9

4-  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 އޮގަސްޓް 2023  ވަނަ ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5-  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  23 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.

6-  ސަލާހުއްދީން ހޯލް ގެ ސްޓޭޖް މަރާމާތުކުރުމުގެ މަސައްކަތުގެ މަޢުލޫމާތު ސެޝަންގައި މި މަސައްކަތުގެ ތަފްޞީލް އަދި ބީލަން ފޮތް ލިޔުމުން ލިބިވަޑައިގަންނަވާނެއެވެ. މި މަޢުޅޫމާތު ލިބިވަޑައިގަންނަވާނީ ޕްރީ ބިޑް މީޓިން އަށް ވަޑައިގަންނަވާ ބޭފުޅުންނަށެވެ. ޕްރީ ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓިންގ ރޫމް ގައެވެ.

7-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަޖީދިއްޔާ ސްކޫލް

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3320340

އީ-މެއިލް: [email protected]

 

07 އޮގަސްޓް 2023