ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2023/62
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 10 އޮގަސްޓް 2023 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ސާފުކުރުން

ރުއްގަހުގެ ވެރިން ސާފުކުރުން

 

އައުޓްޑޯރ ޖިމް ގާއިމުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. މިގޮތުން އެސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ރަސްގެ ޖަހައި، މިއިދާރިއިން 01 ން 08 އަށް ނަމްބަރު ޖަހާފައި ހުންނާނެއެވެ.

 

ވީމާ އެރުއްގަހުގެ ވެރިން، މިއިދާރާއަށް ދުރުވެ މިއިދާރާއިން އެރުއްގަހަށް ދީފައިވާ ނަމްބަރު އަންގަވާ ދެއްވުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓް ކުރަން ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަމްބަރު ގެންނަށް ޖެހޭނެއެވެ.

 2023 އޮގަސްޓު 10 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 21/98 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓު: އައުޓްޑޯރ ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ބިން އޮންނާނީ ޣާޒީ ދަނޑާއި އެއްއިންވެގެން އޮންނަ އުތުރު މަގުގެ އުތުރުން ފެނަކަ ޓްރާންސް ފޯމަރު ހަޓުގެ އިރަށެވެ.

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

\

‏19‏ މުޙައްރަމް‏ 1445

06 އޮގަސްޓް 2023