ކުއްޔަށް ހިފުން
ނަންބަރު: (IUL)311/311/2023/74
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 10 އޮގަސްޓް 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޮލިސް ޕޯސްޓް ޤާއިމްކުރުމަށް އިމާރާތެއް ކުއްޔަށް ހިފުމާގުޅޭ

ރާއްޖޭގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަލަށް ޕޮލިސް ޕޯސްޓް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި މިރަށްވެސް ހިމެނިފައިވާތީ، މިރަށުގައި ޕޮލިސް ޕޯސްޓެއް ޤާއިމު ކުރުމަށް އެކަށީގެންވާ (އިދާރީ މަސައްކަތް ކުރެވެ ޖާގައަކާއި އެކަމަޑޭޝަން ޖާގައެއް ހިމެނޭހެން) އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. އިމާރާތް ކުއްޔަށް ނެގުމުގައި އަންނަނިވި ކަންކަމަށް ބެލެވޭނެއެވެ.

 ބަދިގެ އަދި ސިޓިންގ ރޫމް ހިމެނޭހެން 03 ކޮޓަރި ހުރުން

 އިމާރާތާއެކު ދިދަ ޕޯސްޓް ޖެހުމަށާއި ވެހިކަލް ޕާކު ކުރެވޭފަދަ ހޯލެއް އޮތުން.

 އިމާރާތުގެ ކުލި މަހަކު 15،000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނުވުން.

ވީމާ، މިކަމަށް އެކަށީގެންވާ އިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2023 ވަނަ ދަވަހުގެ 11:00 ގެ ކުރިން އިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ، އިމާރާތުގެ ކުރެހުމަމެއް އަދި ކުއްޔަށް ދޫކުރާ އަގު މިއިދާރާއަށް ހުށައެޅުން އެދެމެވެ.

07 އޮގަސްޓް 2023