ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޚާބުކުރާ މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން:
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލު (ނަންބަރު: (OTHR)338-ESMS/338/2023/3 ) ގެ 5 ވަނަ މާއްދާގެ ދަށުން ވިލަރެސްކުރާ ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން، ކ. ގުރައިދޫ އާންމު ރައްޔިތުން ތަމްސީލް ކުރާ 02 (ދޭއް) މެންބަރުން، މުޢައްސަސާތަކުން ތަމްސީލް ކުރާ 02 (ދޭއް) މެމްބަރުން އަދި ކްލަބް ޖަމިއްޔާ/އެކަޑަމީތައް ތަމްސީލް ކުރާ 01 (އެކެއް) މެމްބަރަކު އިންތިޙާބުކުރަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ނަން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ .މި އިޢުލާނާއެކު ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލު އެޓޭޗް ކުރެވިފައިވާނެއެވެ.
19 މުޙައްރަމް 1445
06 އޮގަސްޓް 2023