މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/015
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:09
ސުންގަޑި: 24 ފެބުރުވަރީ 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި ޢިމާރާތްކުރެވިފައިވާ އިންޖީނުގޭގެ ޢިމާރާތަށް ބަދަލު ގެނައުން

ޏ.ފުވައްމުލަކު އިންޖީނުގޭގެ ޢިމާރާތުގެ ސްޓްރަކްޗަރަށް ބައެއް އިތުރުކޮށް ބަދަލުތައް ގެންނަން ބޭނުންވެއެވެ. ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތުޝީޓު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަދި މިކުންފުނީގެ ޏ.ފުވައްމުލަކު ބްރާންޗުން ލިބެން ހުންނާނެއެވެ. މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ޏ.ފުވައްމުލަކު ބްރާންޗް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިވަނީއެވެ.

  • އަގު: 70 މާކްސް
  • މަސައްކަތް ނިންމާ މުއްދަތު: 20 މާކްސް
  • މަސައްކަތުގެ ތަޖުރިބާ: 10 މާކްސް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015