ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫ މަސްޖިދުއް ތައުޙީދު މިސްކިތުގެ ވަށައިގެން ހަދާފައިވާ ސިޑިތައް މަރާމަތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން ބީލަން ހުށައެޅުއްވުމަށް އެދެމެވެ.
މައުލޫމާތު ސާފުކުރުން |
2023 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގައި. |
ބީލަން ހުށަހެޅުން |
2023 އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގައި. |
މާކްސް ދެވޭނެގޮތް:
- މަސައްކަތު އަގު: ހުށަހަޅާ އެންމެ ކުޑަ އަގަކަށް ލިބޭނީ 85 (އަށްޑިހަ ފަހެއް) ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
- މުއްދަތު: ހުށަހަޅާ އެންމެ ކުޑަ މުއްދަތަކަށް ލިބޭނީ 15 (ފަނަރަ) ޕަސެންޓެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " މަސްޖިދުއް ތައުޙީދު މިސްކިތުގެ ވަށައިގެން ހަދަފައިވާ ސިޑިތައް މަރަމާތު ކުރުން" މިހެން ލިޔެފައި އަދި ކުންފުނި / ވިޔަފާރީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.