ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 26 ފެބުރުވަރީ 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

"މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ" ތައްޔާރުކޮށްދޭނޭ މީހަކު ބޭނުންވެއްޖެ:

ސިވިލް ސަރވިސް ކޮމިޝަނުގައި "މީޓިން މެނޭޖްމަންޓް ސިސްޓަމެއް" މި އިޢުލާނުގައިވާ ޓާރމް އޮފް ރެފަރެންސާ އެއްގޮތަށް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

- ބޭނުންވާ އަދަދު: 01

- އުޖޫރަ (މަހަކަށް) -/25000 (ފަންސަވީސްހާސް ރުފިޔާ)

- މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު

- މުއްދަތު: 6 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)

- ފެންވަރު ނުވަތަ ޝަރުޠު:  ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ އިންޖިނިއަރިންގގެ ރޮނގުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސެންގައި ހިމެނިފައި.

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކުގައި ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއިން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - % 15
  2. މަސައްކަތުގެ ތަޖުރިބާ - % 10
  3. ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
  4. ޓެކްނިކަލް ނޮލެޖް - % 15
  5. އުފެއްދުންތެރިކަން - % 5
  6. ގާބިލްކަން ހުރި މިންވަރު - % 10

ވުމާއެކު، މި ކަމަށް އެދޭ، މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015