ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-49/IU/2015/08
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 22 ފެބުރުވަރީ 2015 13:00
މާވަށު ސްކޫލް
ދިވެހިރާއްޖެ
ވޮކޭޝަނަލް އިންސްޓްރަކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1

ބޭނުންވާ އަދަދު

188-0D/22/2015/8

މަޤާމުގެ ނަންބަރު:

ވޮކޭޝަނަލް އިންސްޓްރަކްޓަރ

މަޤާމު:

ލ. މާވަށް

ވަޒީފާ އަދާކުރަންޖެހޭ ރަށް

މާވަށު ސުކޫލު

އޮފީސް:

ސަރވިސް

އެލަވަންސް

މަޤާމުގެ

އަސާސީ

މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމް

މަހަކު -/1،500 ރުފިޔާ

މަހަކު -/4،465 ރުފިޔާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލު ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. 

އޮފިސަރ ގްރޭޑް 1

ޖީ.އެސް 3

ވޮކޭޝަނަލް އިންސްޓްރަކްޓަރ

1- ސުކޫލުގެ ސެސަނަށް ހާޒިރުވެ، މުވައްޒަފުންގެ ހާޒިރީގައި ސޮއިކޮށްފައި، ސޮއިކުރި ގަޑި ޖެހުން.

2- ވޮކޭޝަނަލް ސްޓްރީމްގެ ކިޔަވައިދިނުމުގައި މުދައްރިސުންނާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ވޮކޭޝަނަލް ހަރަކާތްތަކަށް ކުދިން ތައްޔާރުކުރުން.

3- ވޮކޭޝަނަލް ސްޓްރީމްގެ ކުދިންގެ ހާޒިރީ ބެލުމާއި، ކުދިންނާބެހޭ އެންމެހައި ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން.

4- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ވޮކޭޝަނަލް ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި ޕްރިންސިޕަލަށް ހުށަހެޅުން.

5- ވޮކޭޝަނަލް ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

6- މުދައްރިސުން ހަމަނުވާ ޙާލަތްތަކުގައި، ވޮކޭޝަނަލް މާއްދާތަކުގެ ގަޑިތައް ނެންގެވުން.

7- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ގައާއިދުތަކާއި، ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުން.

8- ސިވިލް ސަރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމްކުރުމާއެކު، އެ ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރުން.

9. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ

މަސްއޫލިއްޔަތު:

  އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެމަތިން ދެވޭނެއެވެ.

މުސާރައިގެ އިތުރަށް

ދެވޭ އުޖޫރަތައް:

      1. ތަޢުލީމާއި ތަމްރީން.

      2. މަސައްކަތުގެ ތަޖުރިބާ.

       3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.

3. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ މަޤާމަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ.

6. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފު މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް، މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާނީ، މާވަށު ސްކޫލަށެވެ.

ހުށަހަޅަންވީ ގޮތް:

 2015 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން.

ސުންގަޑި:

- އިންޓަރވިޔު އޮންނާނީ 2015 ފެބުރުވަރީ 22 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 2:00 ގައި  މާވަށު ސުކޫލުގައެވެ.

-މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެމަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800010 ނަންބަރު ފޯނާއެވެ.

 

އިތުރު މަޢުލޫމާތު:

   22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015