ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2015/35
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 24 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިއަރ ރިސޯސް މޮބިލައިޒަރ (އެމް.އެސް 3)

މަޤާމް:

ސީނިއަރ ރިސޯސް މޮބިލައިޒަރ  (އެމް.އެސް 3)  

ބޭނުންވާ އަދަދު:

  1

މުސާރަ:

-/7035 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން / ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ސެކްޝަން    

މަޤާމްގެ ޝަރުޠު:

  • އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކާއި އަދި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކުރުމާއި، އެފަރާތްތަކުން ލިބެންހުންނަ އެހީގެ (ލޯން، ހިލޭއެހީ، ތަމްރީންފަދަ) އެކި ފުރުޞަތުތައް ހޯދުން.
  • ޑިވިޜަން މެދުވެރިވެގެން ދައުލަތުން ނަގާ ލޯންތަކާއި ދެވޭ ގެރެންޓީތަކަކީ އެކަމަށް ކަނޑައެޅިފައިވާ ޤަވާއިދާއި ޤާނޫގެ ތެރެއިން ނެގޭ ލޯނެއްތޯ ނުވަތަ ދެވޭ ގެރެންޓީއެއްތޯ ކަށަވަރުކުރުން.
  • ޑިވިޜަން މެދުވެރިވެގެން ދައުލަތުން ނަގާ ދަރަންޏަކީ ޑިވިޜަނުން ކަނޑައަޅާފައިވާ ޑެޓް ސްޓްރެޓެޖީއާ އެއްގޮތަށް ނެގޭ ދަރަންޏެއްތޯ ބެލުމާއި، ޑެޓް ސްޓްރެޓެޖީއާ ޚިލާފަށް ނެގޭ ދަރަންޏެއްނަމަ އޭގެ ހުރި ރިސްކްތައް ޕޮލިސީ ލެވެލްގެ ސަމާލުކަމަށް ގެނައުން.
  • ދަޢުލަތުގެ ޑެޓް ޕޯޓްފޯލިއޯ ބޭނުން ކޮށްގެން ރާއްޖޭގެ މާލީ ބާޒާރު ކުރިއެރުވުމާއި ރާއްޖޭގެ އިންވެސްޓަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރު ކޮށްދިނުން.
  • ލޯނާއި ހިލޭއެހީގެ ދަށުން ހިންގަމުން ދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، މަޝްރޫޢުތަކަށް ދިމާވެފައިވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމުކުރުން.
  • ޑިވިޜަނުން ކުރާ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ރާއްޖެއަށް އަންނަ ވަފުދު ތަކާއި، ރާއްޖެއިން ދާ ވަފުދުތައް ތައްޔާރުވުމުގެ ގޮތުން ޑިވިޜަނުން ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްދާގޮތް ބަލައި، ތައްޔާރުވުން.
  • އަލަށް ސޮއިކުރެވޭ ލޯން އެގްރީމަންޓްތައް އިފެކްޓިވް ކުރުމަށް ކުރާ މަސައްކަތްތައް މޮނިޓަރ ކުރުން.
  • ޑިވިޜަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕާރފޯމެންސް އެޕްރެއިޒަލް ހެދުން.

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ.

ފިނޭންސް އެލަވަންސްގެ ގޮތުން މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.

އާސަންދަ (ހެލްތް އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

   - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ.

   - މަތީގައި ދެންނެވިފައިވާ  ދާއިރާތަކުން ތަޢުލީމު ހާޞިލްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

   - މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު.

   - ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.

   - ވަޒީފާގެ ދާއިރާއިން ޓެކްނިކަލް ނޮލެޖް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

   - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު.  

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

   - ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

   - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

24 ފެބުރުވަރީ 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171 / 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން ބޭއްވޭނެއެވެ.

19 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015