ވަޒީފާގެ ފުރުޞަތު
ނަންބަރު: (I)(I) HR/2015/6
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 19 ފެބުރުވަރީ 2015 14:00
ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ޤާބިލް މީހުންނެވެ.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

 GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

އެޑްމިންގ އެންޑް ޕްލޭނިންގ

ވަޒީފާ އަދާކުރަންޖެހޭ ތަން

ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1.  ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް، ހޮސްޕިޓަލަށް ފަރުވާ ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި މަޢުލޫމާތުދިނުން.
  2. ހޮސްޕިޓަލްގެ އޯޕީޑީ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.
  3. މެޑިކަލް ރެކޯޑުތައް ތަރުތީބުކުރުމާއި، އެ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 2ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމް

ކޭޝިއަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް

 GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ޏ. އަތޮޅު ހޮސްޕިޓަލް، ފުވައްމުލައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1.  ހޮސްޕިޓަލުން އަގުނަގާ ޚިދުމަތްތަކަށް އަގުނެގުމަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލައިގަތުން.
  2. އެޑްމިޝަން ޑިސްޗާރޖް ކުރުމަށްޓަކައި ބޭނުންވާ ބިލްތަކުގެ މަސައްކަތްކުރުން.
  3. އިންޝުއަރެންސްގެ ދަށުން ޚިދުމަތްދެވޭ ބަލިމީހުންގެ ބިލްތައް ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

1.  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 2 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް -/75 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސަސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv  ން ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޏ. އަތޮޅު ހޮސްޕިޓަލުގެ އޮފީސް ބަޔަށް.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6861860 ނަންބަރު ފޯނާއެވެ.

- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސަސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv  ން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ހޮސްޕިޓަލުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.

21 ރަބީޢުލްއާޚިރު 1436

11 ފެބުރުވަރީ 2015