ކުއްޔަށް ހިފުން
ނަންބަރު: (IUL)374-A/374/2023/29
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 15 އޮގަސްޓް 2023 10:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ހާބަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އަންނަ ފަރާތްތައް ތިބުމަށް ބޭނުންވާ ގެއެއް ކުއްޔަށް ހިފުމަށް އެދި

ގެއެއް ކުއްޔަށް ހިފުމަށް އެދި

ފ.ނިލަންދޫގެ ހާބަރ އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އަންނަ މޯލްޑީވްސް ޓުރާންސްޕޯޓް އެންޑް ކޮންޓުރެކުޓިންގް ކޮމްޕެނީ ޕލކ ގެ މުވައްޒަފުން ތިބުމަށް 03 ކޮޓަރި ، 03 ފާޚާނާ، ސިޓިންގްރޫމް، ބަދިގެ، ކާބައި  ހިމެނޭގޮތަށް ހުރި ގެއަކާއި ޒަމާނީ ފެންވަރަށް ހަދާފައި ހުރި 1 ކޮޓަރި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. 

ވީމާ "ގެ" "ކޮޓަރި" ކުއްޔަށް ދޫކުރަން ބޭނުންވާ ބޭފުޅުން 2023 އޮގަސްޓް  15 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ގެ" "ކޮޓަރި" ކުއްޔަށް ދިނުމަށް  އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީތަށް ބަލައެއް ނުގަނެވޭނެއެވެ.

އަދި ދަންނަވަމެވެ. "ގެ" "ކޮޓަރި" ކުއްޔަށް ދިނުމަށް އެދި ސިޓީ ހުށަހަޅުއްވާއިރު ކޮންމެ ތަނަކަށް ވަކިން ސިޓީ ހުށަހެޅުއްވުމާއި "ގެ" "ކޮޓަރި" ގެ ހާލަތު އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 މުޙައްރަމް 1445

6 އޮގަސްޓް   2023

06 އޮގަސްޓް 2023