މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/30
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 23 ފެބުރުވަރީ 2015 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ މުއައްސަސާތަކަށް ސީފްރައިޓްކޮށް ރާއްޖެއިން ބޭރުން ގެނެވޭ ތަކެތި ކްލިއަރ ކުރުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ރަބީޢުލްއާޚިރު 1436       

12 ފެބުރުވަރީ 2015