ދިވެހިރާއްޖެ
ހިންނަތަކުގައިހުރި ރުއްގަސް 2023 ،2024 އަދި 2025 ވަނައަހަރަށް ވަރުވާއަށް ދޫކުރުން
މިއިދާރާގެ ނަންބަރު: (IUL)253/253/2023/45 (23 މޭ 2023) އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
އެންމެމަތިން ކުލިހުށަހަޅާ ފަރާތަކަށް ތިރީގައި މިދަންނަވާ ތަންތަނުގައިހުރި ރުއްގަސްތައް 03 އަހަރަށް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ އެރުއްގަސްތައް ވަރުވާއަށް ނަގާނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ސަރަޙައްދު |
ސަރަޙައްދުގެ ތަފްޞީލް |
1 |
މާރަންދޫ މެދުހިންނާގައި ހުރި ރައްޔިތުންގެ 29 ރުއް |
2 |
މާރަންދޫ އުތުރު ހިންނާގައި ހުރި ރައްޔިތުންގެ 45 ރުއް، ކަށިކެޔޮ މާރަންދޫ އިހުކިޔެވެނިންގެ ހިންނަ (ރުއްގަނޑުގައި) ހުރި ރައްޔިތުންގެ 29 ރުއް، ކަށިކެޔޮ އަތިރިމަތީގައި ހުރި ރައްޔިތު 8 ރުއް ފުޓްބޯޅަދަނޑު ހުޅަނގު ދެކުނު ކަންމަތީގައި ހުރި ރައްޔިތު 1 ރުއް ފިލިގަސްމަގުގައި ހުރި ރައްޔިތު 1 ބަނބުކެޔޮގަސް |
3 |
މާރަންދޫ ބަންޑާރަ ވަލުގައިހުރި ރައްޔިތުންގެ 4 ރުއް، ބަބުކެޔޮ އަދި ކަށިކެޔޮ |
ވީމާ، 2023 ، 2024 އަދި 2025 ވަނައަހަރަށް ދެންނެވިފައިވާ ތަންތަން ވަރުވާއަށް ނެގުމަށް އެދޭފަރާތްތަކުން 2023 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2023 އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ޙާޟިރު ވެދެއްވުން އެދެމެވެ.
މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށް އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 މުޙައްރަމް 1445
6 އޯގަސްޓް 2023