ބީލަން
ނަންބަރު: (IUL)28-FA-1/1/2023/203
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 15 އޮގަސްޓް 2023 11:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޕެނަލެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށް، ކަމިޝަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ.

ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޕެނަލެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށް، ކަމިޝަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2023/194 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މިކަމަށް އަލުން އިޢުލާންކުރީމެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މިމިނިސްޓްރީގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިއިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 15 އޯގަސްޓް 2023 ވަނަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 600.00ރ (ހަ ސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 15 އޯގަސްޓް 2023 ވަނަ ދުވަހުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏19‏ މުޙައްރަމް‏ 1445

‏6‏ އޮގަސްޓް‏ 2023

 

 

06 އޮގަސްޓް 2023