ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2015/48
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 24 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުތަކުގެ އަހަރީ ބަޖެޓް އެކުލަވައިލުމުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކަމާގުޅޭ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ބަދަލުކުރެވޭ ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ފައިލުކޮށް ބެލެހެއްޓުން.
  2. ޔުނިޓުގެދަށުން ހިނގާ ސްކޫލުތަކުގެ ޕްރިންސިޕަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމުތައް، ސްޕަވައިޒަރުގެ ބެއްލުވުމުގެދަށުން ފުރައި، ސްޕަވައިޒަރާއި މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމުތައް ފައިލުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. ސްކޫލު އުމުރުފުރައިގެ ދަރިވަރުންގެތެރެއިން ސްކޫލަށް ނުދާ ކުދިންގެ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމާއި، މިފަދަ ދަރިވަރުން ސްކޫލަށް ކިޔަވަން ގެނައުމަށް ހިންގާ ހަރަކާތްތައް، ސްކޫލުތަކާއި ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގުމުގައި ކުރަންޖެހޭ ކަންކަން ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
  4. ދަރިވަރުންގެ ކުރިއެރުމާބެހޭ ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތާ ގުޅިގެން ޔުނިޓުން ކުރާ ދިރާސާތައް ކުރުމުގައި ކުރަންޖެހޭ ކަންކަން، ސްޕަވައިޒަރުގެ މަޝްވަރާގެދަށުން ކުރުން.
  5. ސްކޫލުތަކުގެ ނަތީޖާއާއި ޢިމާރާތްތަކާއި ވަސީލަތްތަކުގެ ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި، ޔުނިޓުގެ މަސައްކަތަށް ބޭނުންވާ ދިރާސާ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް، ސްޕަވައިޒަރުގެ މަޝްވަރާގެ ދަށުން ކުރުން.
  6. ސްކޫލުތަކުގެ އިންޓަރނަލްއާއި އެކްސްޓަރނަލް ސުޕަވައިޒަންގައި ބަރާބަރު ސްކޫލް އިންޑިކޭޓަރޒްއަށް ޢަމަލުކުރޭތޯ ބަލައި، ކަށަވަރުކުރުމުގައި ކުރަންޖެހޭ ކަންކަން ސްޕަވައިޒަރުގެ މަޝްވަރާގެދަށުން ކުރުން.
  7. އަތޮޅުތަކުގެ ސްކޫލުތަކުން ކޮންމެ މަހަކު ތައްޔާރުކުރަންޖެހޭ މުސާރަ ޝީޓު ތައްޔާރުކޮށް، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ސީ. ސެކްޝަނަށް ފޮނުވާތޯ ކަށަވަރުކޮށް، އެ މަޢުލޫމާތު ސްޕަވައިޒަރަށް ލިޔުމުން ދިނުން.

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

 ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު  1 އާއި 5 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓު www.moe.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341418 ފޯނަށް ގުޅުން އެދެމެވެ. 

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015