ބީލަން
ނަންބަރު: (IUL)HS-BDG/HS/2023/45
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 08 އޮގަސްޓް 2023 14:00
ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
ހިރިޔާ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދީ ވިއްކާންފަރާތެއް ހޯދުން

               މިސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް  ފަހައިދީ ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިމައްސަކަތް ޙަވާލު ކުރުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 02 ( ދޭއް) ފަރާތަކާއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް، 2023 އޮގަސްޓް  08 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން މި އިއުލާންއާ އެޓޭޗް ކޮށްފައިވާ "ބިޑްރަޖިސްޓްރޭޝަން" ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  • ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާނީ : [email protected]
  • މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު، ބީލަން ހުށަހަޅާ ފޯމުތަށް މި އިޢުލާން އާ އެޓެޗް ކޮށްފައިވާ ބީލަން ފޮތުގައި ހިމަނާފައި ވާނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ޔުނިފޯމްގެ ނަމޫނާ ދެއްކުމާ ފޮތީގެ ސާމްޕަލް ޙަވާލު ކުރުން އޮންނާނީ  2023 އޮގަސްޓް 09 އަދި 10 ، މި ދެދުވަހު ހެނދުނު 8.00 ން މެންދުރު 12.00 އަށެވެ.
  • މިމަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 2023 އޮގަސްޓް  10 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

       ސުވާލު އީމެއިލް ކުރައްވާނީ: [email protected]

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން  އޮންނާނީ 2023 އޮގަސްޓް 21 ވާ ހޯމަ ދުވަހުގެ ހެނދުނު 11.00 ގައި ހިރިޔާ ސްކޫލުގައެވެ.
  • ބީލަމާއެކު ފަހާފައިވާ 01 އެކްޓިވިޓީ ޔުނިފޯމް( ޓީޝާ، ސޯޓް) ގެ ސާމްޕަލް ހުށަހަޅުއްވަން ޖެހޭނެއެވެ. ސާމްޕަލް ހުށަނާޅުއްވާ ފަރާތްތަކުގެ ބީލަން ބާތިލް ކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

05 އޮގަސްޓް 2023