ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)251-CA/251/2023/58
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 22:01
ސުންގަޑި: 15 އޮގަސްޓް 2023 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

 

މަޤާމު:

ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-382479

ބޭނުންވާ އަދަދު:

01 (އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

CS9-2 – CS9-5

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ / ހއ. ދިއްދޫ

މުސާރަ:

11,190.00ރުފިޔާ

ސަރވިސް އެލަވަންސް:

5,640.00  ރުފިޔާ

އެހެނިހެން އެލަވަންސް:

-  ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު (އިޞްލާޙު 1)ގައިވާގޮތުގެ މަތިން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

-  ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑު (އިޞްލާޙު 1) ގައިވާގޮތުގެ މަތިންސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ތަންފީޒުކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާއި އިރުޝާދު ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލަށް ދިނުން
  2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލަށް ލާޒިމުކުރާ ކަންތައްތަކުގެ ތެރެއިން، ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. އިދާރާގެ މުވައްޒަފުން އޮފީހުގެ ކަންކަމާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ޤާނޫނީ ލަފާދިނުން.
  4. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ މުވައްޒަފުންނަކީ ޤާނޫނާއި ޤަވަޢިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވައި، އެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވަޢިދާއި އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ޢަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙްޤީޤު ކުރަންޖެހޭ ޙާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުން.
  6. ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި ކައުންސިލްގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓްތަކުގައި ވަކާލާތުކުރުން.
  7. ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލްގެ ފަރާތުން އެހެނިހެން ފަރާތްތަކާ ދެމެދުވެވޭ އެއްބަސްވުންތަކާ ބެހޭ ގޮތުން ލަފަޔާއި އިރުޝާދު ދިނުން.
  8. ތިލަދުންމަތީ އުތުރުބުރި ދިއްދޫ ކައުންސިލްގެ އިދާރާއިން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލްތައް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އެކުލަވައިލުން
  9. ކައުންސިލުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓް ކޮށް ކައުންސިލަށް ހުށަހެޅުމާއި، ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ފޮނުވުމާއި ކައުންސިލުން ހިނގައި ބަލަހައްޓާ ޤާނޫނާއި ގަވާއިދާއި އުސޫލުތަކާ ގުޅޭ ގޮތުން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި ކުރަންޖެހޭ އެންމެހާ ޤާނޫނީ މަސައްކަތްތައް ކުރުން.
  10. ކައުންސިލުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތަކަށް ގެންނަ އިސްލާޙްތައް ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެ ތައްޔާރު ކުރުމާއި، ކައުންސިލްގެ ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި އަދި އެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން
  11. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ރާވައި ހިންގާ ބެލެހެއްޓުމާއެކު، އެ ނިންމުންތައް ތަންފީޒް ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  12. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒް ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމަ އަށް އެއްބާރުލުންދީ ޖަވާބުދާރީވުން
  13. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމާއި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމްގެ ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް

އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

CS9-5

ލީގަލް އޮފިސަރުން ވަޒީފާގެ އޮނިގަޑުގެ، CS9-4 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85%  އިން މަތިން މާކްސް ހޯދާފައިވުން.

11,190.00

5640.00

އަސާސީ މުސާރައިގެ %35

CS9-4

ލީގަލް އޮފިސަރުން ވަޒީފާގެ އޮނިގަޑުގެ، CS9-3 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85%  އިން މަތިން މާކްސް ހޯދާފައިވުން

10,800.00

5640.00

އަސާސީ މުސާރައިގެ %35

CS9-3

ލީގަލް އޮފިސަރުން ވަޒީފާގެ އޮނިގަޑުގެ، CS9-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85%  އިން މަތިން މާކްސް ހޯދާފައިވުން

10,410.00

5640.00

އަސާސީ މުސާރައިގެ %35

CS9-2

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން

10,020.00

5640.00

އަސާސީ މުސާރައިގެ %35

މަޤާމުގެ ތަޢުލީމީ ރޮނގުތައް

-   ލޯ

-  ޝަރީޢާ އެންޑް ލޯ

ކޯ ޑިސިޕްލިން:

މި މަޤާމަށް ކޯ ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.

ޕްރިފަރޑް ޑިސިޕްލިން

މި މަޤާމަށް ޕްރިފަރޑް ޑިސިޕްލިންގ ކަނޑައެޅިފައިނުވެއެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

-  ލޯ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ، ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑަށް މުވައްޒަފުން ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަނޑު (ރެކްރޫޓްމަންޓް އުޞޫލު އިޞްލާޙް 1)ގެ 3 ވަނަ ނަންބަރުގައި ހިމަނާފައިވާ ތިރީގައި މިދަންނަވާ ކަންކަމުގެ މައްޗަށެވެ.

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

ޕްރެކްޓިކަލްސް

30

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30

މަޤާމަށް އައްޔަންކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. "ޕްރެކްޓިކަލްސް" އަދި "ޕްރެޒެންޓޭޝަން އަދި އިންޓަރވިއު" މިއިން ކޮންމެ ބަޔަކަށް މަދުވެގެން 15 (ފަނަރަ) ޕޮއިންޓް ލިބުން؛ އަދި
  2. މަޤާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު ކުރުން އޮންނާނީ 16 އޯގަސްޓް 2023 އިން 31 އޯގަސްޓް 2023 އާ ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ "ރެކްރޫޓްމަންޓާއި ގުޅޭ އާންމު އުޞޫލުތައް" https://www.csc.gov.mv/Policy/Index/51  ގެ "ޚާއްޞަ އޮނިގަނޑުތަކުގެ ރެކްރޫޓްމަންޓް އުޞޫލުތައް"https://www.csc.gov.mv/Policy/Index/40  އިން ލިބެން ހުންނާނެއެވެ.

03 އޮގަސްޓް 2023