ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2023/78
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 18 އޮގަސްޓް 2023 00:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ހުޅަނގުން ފެށިގެން ފައުޖުގެ އާއި ހަމައަށްވާ ސަރަހައްދުގެ އެއްގަމާއި (އަތިރިމަތި) މޫދުގައި ހުރި އަމިއްލަ ފަރާތްތަކުގެ އޮޑިދޯނިފަހަރާއި އެހެނިހެން ތަކެތި ނެންގެވުމަށް

      

     ނަންބަރ: A/IUL/344/2023/78

 

              ޢިއުލާން

 

            އއ.ފެރިދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ، މިހާރުގެ ބަނދަރުގެ ހުޅަނގުން ފެށިގެން ފައުޖުގެ އާއި ހަމައަށްވާ ސަރަހައްދުގެ އެއްގަމާއި (އަތިރިމަތި) މޫދުގައި ހުރި އަމިއްލަ ފަރާތްތަކުގެ އޮޑިދޯނިފަހަރާއި އެހެނިހެން ތަކެތި 2023 ޖުލައި 31 ވީ ހޯމަ ދުވަހުގެ ނިޔަލަށް ނަންގަވާ އަދި އެެތަކެތި ވަޤުތީގޮތުން ބަހައްޓާނެ ތަނެއް ވާނީ މިކައުންސިލްގެ ނަމްބަރ: 25/2023 ޚާއްސަ ދެންނެވުމުން އެންގިފައެވެ. ދެންނެވުނު މުއްދަތު ފާއިތުވިއިރުވެސް، ބައެއް ތަކެތި އަދިވެސް އެސަރަޙައްދުން ނުނަގާހުރިކަން ފާހަގަކުރަމެވެ.

2023 އޮގަސްޓް 03 ވަނަ ދުވަހު (މިއަދު) ބޭއްވުނު މިކައުންސިލްގެ 04 ވަނަ ދައުރުގެ 106 ވަނަ ޢާއްމު ޖަލްސާއިން ވަނީ، ދެންނެވި ސަރަޙައްދުގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެއްކަމަށް ނިންމާފައެވެ. އަދި މިސަރަހައްދުގައި މިހާރު ނުނަގާ ހުރި އަމިއްލަ މީހުންގެ ތަކެތި 15 ދުވަސް ތެރޭ ނެގުމަށް އެފަރާތްތަކަށް ފުރުސަތު ދިނުމަށްފަހު، 15 ދުވަހުގެ ނިޔަލަށް ނުނަގާ ހުރި ތަކެތި ކައުންސިލުން ނައްތާލަން ނިންމާފައެވެ.

ވީމާ، މިހާރުގެ ބަނދަރުގެ ހުޅަނގުން ފެށިގެން ފައުޖުގެ އާއި ހަމައަށްވާ ސަރަހައްދުގެ އެއްގަމާއި (އަތިރިމަތި) މޫދުގައި ހުރި އަމިއްލަ ފަރާތްތަކުގެ އޮޑިދޯނިފަހަރާއި އެހެނިހެން ތަކެތި  18 އޮގަސްޓް 2023 ވާ ހުކުރު ދުވަހުގެ ނިޔަލަށް ނެންގެވުމަށް ދެންނެވީމެވެ. ސަރުކާރުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހިންގާ މިފަދަ ޕްރޮޖެކްޓްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ރައްޔިތަކު ނުކުރެއްވުމަށް ނިހާޔަތަށް އެދެމެވެ. ރަށުގެ ތަރައްޤީ އާއި ރައްޔިތުންގެ އަސާސީ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ދެއްވުން އެދެމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.      

03 އޮގަސްޓް 2023