ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/099
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:28
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރާ ސަރަޙައްދުން ރުށްގަސް ނެގުމާ ގުޅޭ

މިރަށުގެ ފާސްކުރެވިފައިވާ ބިނާވެށި ޕްލޭނުގައި ރެސިޑެސްޝަލް ޒޯނުގެ ގޮތުގައި ޒޯނުކުރެވިފައިވާ ސަރަހައްދުތަކުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުންނެވެ. މި ގޮތަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއް ގަސް، އެ ރުއް ގަސް ހުރި ސަރަޙައްދު ނޫން ގްރީން ޒޯނުތަކުގެ ގޮތުގައި ޒޯނުކުރެވިފައިވާ ސަރަހައްދުތަކަށް ބަދަލުކުރަން ޖެހެއެވެ. މި ގޮތަށް ގެންދާން ޖެހޭ ރުއްގަހުގައި މި އިދާރާގެ ފަރާތުން ރަތްކުލައިގެ ފާހަގައެއް ޖަހަމުންގެންދާނެއެވެ.

 

މި މަޝްރޫޢުގެ ދަށުން އެހެން ސަރަޙައްދުތަކަށް ގެންދެވޭ މީހުންގެ ރުއްގަހުގެ ބަދަލު ދިނުމުގެ ކަންކަން، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް މި އިދާރާއިން ކުރިއަށް ގެންދާނޭ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަން މި ސަރަހައްދުތަކުގައި ހުރި ރުއް ގަހުގެ ވެރިފަރާތްތަކުގެ ސަމާލުކަމަށްޓަކައި އާއްމުކޮށް އަންގައި އިއުލާން ކުރީމެވެ.  މި އިއުލާނާއެކު ސަރަހައްދު އަންގައިދޭ ޗާޓު އާއްމު ކުރެވިފައި އެވަނީއެވެ.

03 އޮގަސްޓް 2023