ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)A-385/2023/09
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި:
15 އޮގަސްޓް 2023 14:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިޔަމިގިލީ ރައްޔިތުންގެ ހިޔާވަހި މަރާމާތުކުރުން
ތ.ދިޔަމިގިލީގައިހުރި ރައްޔިތުންގެ "ހިޔާވަހި" (ޕޮލިހުންތިބޭ ޢިމާރާތު) ގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.
- 28 އަކަފޫޓް ފާރުތެޅުން (ދެކޮޓަރިދެމެދު ފާރުން ދޮރެއްކެނޑުން) '6×'4 ގެ
- ކަނޑާލި ދޮރުގެ ދާރަހަދައި ރީތިކުރުން
- 200 އަކަފޫޓު ރޭނުން '1×"6×"4 ސައިޒުގެ ގަލުން
- 400 އަކަފޫޓު ސިމެންތިޖެހުން (ރޭނިފަރުގައި ސިމެންތިޖެހުން)
- 100 އަކަފޫޓު ފަރުގައިޖަހާފައިހުރި އުވަ ކޮށާލުމަށްފަހު އަލުން ސިމެންތިޖެހުން
- 217 އަކަފޫޓު ތަޅުންގަނޑު ތަޅާލައި ލެވެލްކުރުމަށްފަހު އަލުން ތަޅުން އެޅުން
- 340 އަކަފޫޓު މުށި ޖެހުން ( 1 ކޮޓަރި، ފެންޑާ )
- 10 ފޫޓު ރެނދުބެއްދުން (ފާރުގައިހުރި ރެނދުބެއްދުން)
- އިންފާރުގައިހުރި ބައުތައް ބެއްދުން
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދޭނެއަގަކާއި އަދި ތަކެތީގެ އަގު ވަކިން އެނގޭގޮތަށް 2023 އޮގަސްޓް 15ވާ އަންގާރަދުވަހު 14:00ގެކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
03 އޮގަސްޓް 2023