މަސައްކަތް
ނަންބަރު: MGPL-HR/AD/15-08
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 22 ފެބުރުވަރީ 2015 13:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންގެ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

މިކުންފުނީ މުވައްޒަފުންގެ ޔުނީފޯމު ( ގަމީސް، ފަޓްލޫނު ) އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

މޯލްޑިވްގޭސް ޕްރައިވެޓް ލިމިޓެޑް

#21 އެސް.ޓީ.އޯ ޓްރޭޑްސެންޓަރ، ދެވަނަ ފަންގިފިލާ

އޯކިޑްމަގު، މާލެ

ފޯން: 3335614

މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

16 ފެބުރުވަރީ 2015