ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/46
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 14 އޮގަސްޓް 2023 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޢުލާން

 

ރުއްގަހުގެ ވެރިފަރާތް ހޯދުން

 

   މިރަށު ދޮންބަންޑާރަ މަގުގެ ދެކުނުކޮޅުން ނަފާ ގެއާއި މިސްރާބު ގޭގެ އިރުން، މިފަހަރު އަލަށް ގޯތި ދިނުމަށް ނިންމާފައިވާ ބިމުގައިވާ ރުއްތަކާއި، އަދި މަގުގެ އުތުރުކޮޅު، ކުރީގެ ދަނޑުބިންތައް ދޫކުރި ސަރަހައްދުގައި ރީދޫކުލައިގެ ދަވާދުން (X) ފާހަގަޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ މިރުއްތަކުގެ ވެރިފަރާތްތަކުން 14 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މުލަކަތޮޅު މުލީ ކައުންސިލް އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

03 އޮގަސްޓް 2023