ކުއްޔަށް ދިނުން
ނަންބަރު: (IUL) 268/2023/32
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 11:26
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫއިން ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމާއި ގުޅޭ

ނޭކުރެންދޫ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދުން މި ކައުންސިލުން ފާސްކޮށްފައިވާ ހދ.ނޭކުރެންދޫއިން ދަނޑުބިން ދޫކުރާ ސަރަހައްދުގައި ދިރޭތަކެތި ގެންގުޅުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހދ.ނޭކުރެންދޫއިން ދިރޭތަކެތި ގެންގުޅުމަށް ބިން ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނޭކުރެންދޫ ކައުންސިލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ދިރޭތަކެތި ގެންގުޅުމަށް ބިން ހޯދުމަށް އެދި ހުށައަޅާފޯމް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މި އިޢުލާނާއެކު " ހދ.ނޭކުރެންދޫއިން ދަނޑުބިން ދޫކުރާ ސަރަހައްދުގައި ދިރޭތަކެތި ގެންގުޅުމުގެ އުޞޫލު" އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 އޮގަސްޓް 2023