ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ސީސީ ޓީވީ ކެމެރާ ސަޕްލައިކޮށްދިނުމާއި ހަރުކޮށް، ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
03އޮގަސްޓް 2023 އިން 09އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00 އާ ހަމައަށް ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެންނެވެ. ފޯމު މިއިޢުލާނާއެކުގައިވާ މައުލޫމާތު ކަރުދާހާއެކުގައި ވާނެއެވެ. |
މަޢުލޫމާތު ދިނުން |
ބީލަމާގުޅިގެން ސާފުކުރަންޖެހޭ މައުލޫމާތެއްވާނަމަ 03އޮގަސްޓް 2023 އިން 09އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00 ކުރިން [email protected] އަށް އީމެއިލް ފޮނުވުމުން އެކަމުގެ މައުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މައުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ. މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
މި ބައްދަލުވުން އޮންނާނީ 16އޮގަސްޓް2023ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. |
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.