މަސައްކަތް
ނަންބަރު: MMS-A/2015/08
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 23 ފެބުރުވަރީ 2015 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހުގެ މަރާމާތުތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހުގެ ތިރީގައި މިވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

ހައިޑްރިޖަން ޝެޑް މަރާމާތު ކުރުމުގެ މަސައްކަތުގެ ތަފުސީލު:

 1. 1440 އަކަފޫޓުގެ ފުރާޅެއްގައި ޖަހާފައިހުރި އިސްކުރުތައް ނަގައި، އަލުން ވާރޭ ނުވެހޭގޮތަށް ސިލިކޯން އަޅައި ޕެކިން ލެއްވުމާއެކު ކޮއްޗެއިސްކުރު ޖެހުން.
 2. އިމާރާތުގެ އިރުމަތީ ބިތުގައާއި ހުޅަނގު ބިތުގައި 74 ފީޓް ފޭސްބޯޑް މޮޅު އޮމާންޓިނުން ހަރުކުރުން.
 3. 5 ފައިދޮށް މަރާމާތު ކުރުން. ("6 x 2" x ފ'20 ގެ ލަކުޑި ފިލައިން).
 4. އިމާރާތުގެ އުތުރު ބިތުގައާއި ދެކުނު ބިތުގައި ނަލަފިލާ ހަރުކުރުން. ("8 x 2" xފ'42 ގެ ލަކުޑިން).
 5. އިމާރާތުގެ އުތުރުފަރާތު ފުރާޅުގައި 41 ފޫޓުގެ ދަގަނޑު ދިޔަދޮތްވެއް ހަރުކުރުން.
 6. '9 x ފ2.5 ފޫޓުގެ އެސްލޯން ހޮޅި ދިޔަދޮވީގެ ދެކޮޅުގައި ހަރުކުރުން.
 7. އިމާރާތުގެ އެތެރޭގައި ކުލަލުން. (1648.25 އަކަފޫޓުގައި).
 8. އިމާރާތުގެ ބޭރުގައި ކުލަލުން. (1648.25 އަކަފޫޓުގައި).
 9. އިމާރާތުގެ ލަކުޑި ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްގައި ދަވާދުލުން. (384.5 އަކަފޫޓު)
 10. އިމާރާތުގެ ބޮޑު ދޮރުގެ ދެފަރާތުގައި (ދަގަނޑު – ކަހާ ދޮރު) ގައި ދަވާދުލުން. ("3 '12 xފ"4 '10)
 11. އިމާރާތުގައި "ސައިން" ބޯޑް ހަރުކުރުން.

ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހަށް ވަޑައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 02 ވާ ހޯމަ ދުވަހުގެ 11:00 އަށް ސ.ގަން ރީޖަނަލް ވެދަރ ސަރވިސް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންނަމަ ސ.ގަން ރީޖަނަލް ވެދަރ ސަރވިސްގެ ނަންބަރު 6898007 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015