ބީލަން
ނަންބަރު: (IUL)275-PM/275/2023/36
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 13 އޮގަސްޓް 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނާއި ފެންސުޖަހާ އަދި ގޯލް ފެންސު ޖެހުން

އިޢްލާން

                  މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނާއި ފެންސުޖަހާ އަދި ގޯލް ފެންސު ޖަހާދޭން ޝަޢުޤުވެރިވެލައްވާ ދިވެހިންނަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

                  މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހަޅުއްވާ ރަޖިސްޓްރީވެލައްވަން ޖެހޭނެއެވެ.

  • 03 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 09:00 އިން
  • 07 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް

މަޢުލޫމާތު ދިނުން:

  • 08 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމު

ބީލަން ހުށަހެޅުން:

  • ބީލަން ހުޅުވުން އޮންނާނީ 13 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

                  ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް އަދި އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމަތު ފުރިހަމަނުވާ ބީލަންތަށް ބާޠިލުކުރެވޭނެއެވެ.

                  މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.

02 އޮގަސްޓް 2023