ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2023/38
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 13 އޮގަސްޓް 2023 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ކުއްޔަތް ދޫކުރުމާއިގުޅޭ

މިރަށުގެ ޕާކް ތެރޭގައި ހުރި 2 ރުއް އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް 2 އަހަރު ދުވަހުގެ މުއްދަތައް ކުއްޔައް ދިނުމަށް ބޭނުންވާތީވެ، މިދެރުއް ކުއްޔައް ނެގުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ ތާރީޙްގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ރުއްތަކަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ ރުކަކަށް 35 (ތިރީސް ފަހެއް) ރުފިޔާއެވެ.

 

އަންދާސީ ހިސާބު ހުށައެޅުމާއި ބިޑް ކެޑުން

13 އޯގަސްޓް 2023ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފެރެންސް ރޫމްގައި.

 

              މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ 6760042 އަށް ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ދުރުވުމުން މައުލޫމާތު ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

               އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ އަންސާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

               ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2023