ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2023/166
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 02 އޮގަސްޓް 2023 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ހދ އަތޮޅުގައި ޤާއިމް ކޮށްފައިވާ ކަނދުފަތި

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މި އަތޮޅުގެ އިންނަފުށީގެ ހުޅަނގުން ކަނދުފައްޗެއް ވާނީ ޤާއިމްކޮށްފައެވެ. މި ކަނދުފައްޗާއިމެދު ސަމާލުވެ ކަނދުފަތި ބެލެހެއްޓުމަކީ މަސްވެރިންގެ ޒިންމާއެކެވެ. އެހެންކަމުން ކަނދުފައްޗަށް ގެއްލުމެއްލިބިއްޖެނަމަ ލިބޭގެއްލުން ލަސްނުކުރައްވައި މިނިސްޓްރީއަށް އެންގެވުމަށް ދަންނަވަމެވެ. އަދި ކަނދުފަތި ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެންދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވިފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއެކު ހޮވިތަކެތި އަދި ކަނޑައިގެން ގޮސްފައި ހުރި ތަނުގެ ތަފްސީލު މަޢުލޫމާތު ލަސްނުކުރައްވައި މިނިސްޓްރީއަށް އަންގަވައި ދެއްވުންއެދެމެވެ. އަދި ކަނދުފައްޗާއި ގުޅޭގޮތުން މުޢާމަލާތް ކުރައްވާއިރު ކަނދުފަތި ޤާއިމްކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރު ބޭނުން ކުރެއްވުމަކީ ކަނދުފަތި ދެނެގަތުމުގައާއި ކަނދުފަތީގެ މަޢުލޫމާތު ހޯދުމުގައި މިނިސްޓްރީއަށް ނުހަނު ފަސޭހަވާނެކަމެއްކަމުގައި ދަންނަވަމެވެ.

ކަނދުފައްޗާއި ގުޅޭ މަޢުލޫމާތު

  • ކަނދުފަތި ޤާއިމްކުރި ތާރީޚް: 23 ޖުލައި 2023
  • ކަނދުފަތި ޤާއިމްކުރި ސަރަޙައްދު: އިންނަފުށީގެ ހުޅަނގުން 12 މޭލު ބޭރުގައި
  • ކަނދުފަތި ނަންބަރު: D07D01
  • ޕޮޒިޝަން: 06 ދަރަޖަ 26 މިނިޓް 23 ސިކުންތު، ޢުތުރު އަރުޞު (N"23'06°26)

       72 ދަރަޖަ 26 މިނިޓް 18 ސިކުންތު، އިރު ތޫލު (E"18'72°26)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 އޮގަސްޓް 2023