މަސައްކަތް
ނަންބަރު: (IUL)459-PL/459/2023/61
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 10 އޮގަސްޓް 2023 09:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮމޯޝަންއަށް މިނިސްޓްރީން ޑިޒައިންކޮށްފައިވާ ޕޯސްޓަރުތައް އަދި ސްޓޭންޑް ބެނާ ޕްރިންޓް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

ދިވެހިރާއްޖޭގެ މުޖުތަމަޢުތަކަށް އިޖްތިމާޢީ ރައްކާތެރިކަން ޕޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެފަރާތްތަކަކީ ޢިޖްތިމާޢީ ރައްކާތެރިކަން ލިބިގެންވާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަން މެންޑޭޓް ކުރެވިފައިވާ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއް/ސިޓީއެއްގައި އެކުލެވިފައިވާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތައް ޕްރޮމޯޓްކުރުމުގެ މަޤްސަދުގައި ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ޕޯސްޓަރުތައް އަދި ސްޓޭންޑް ބެނާ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުވުމަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

10 އޯގަސްޓް 2023

ބުރާސްފަތި

9:30

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

(އުމަރު ޒާހިރު އޮފީސް ބިލްޑިންގ،
 ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)

 

02 އޮގަސްޓް 2023