ތަމްރީނު
ނަންބަރު: (IUL)166/1/2015/2
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 09 މާރިޗު 2015 15:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީތަޢުލީމުގެ ފުރުޞަތު

ސާރކް ޤައުމުތަކުގެ ފަރާތުން ނިއުދިއްލީގައި ހިންގަމުންދާ ސައުތު އޭޝިއަން ޔުނިވަރސިޓީގައި މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ސާރކްގެ ހުރިހައި ޤައުމުތަކުގެ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފައެވެ. މި ފުރުޞަތުތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން 4 އިންސައްތަ ޚާއްޞަކޮށްފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނަށެވެ. މިގޮތުން މިއަހަރު ޖުލައިމަހުގައި ފުރުޞަތު ހުޅުވާލެވިފައިވާ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު، މިއަހަރުގެ މާޗްމަހުގެ 9 ގެ ނިޔަލަށް ސައުތު އޭޝިއަން ޔުނިވަރސިޓީއަށް ފޮނުވަންޖެހޭކަމަށް މިޑިޕާޓްމަންޓަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަހަރު މާސްޓަރސް އަދި ޕީ.އެޗް.ޑީ ލެވެލަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ތިރީގައި މިވަނީއެވެ.

  1. އެޕްލައިޑް މެތަމެޓިކްސް
  2. ބަޔޯޓެކްނޮލޮޖީ
  3. ކޮމްޕިޔުޓަރ ސައިންސް
  4. ޑިވެލޮޕްމަންޓް އިކޮނޮމިކްސް
  5. އިންޓަރނޭޝަނަލް ރިލޭޝަންސް
  6. ލީގަލް ސްޓަޑީސް
  7. ސޯޝިއޮލޮޖީ

ސައުތު އޭޝިއަން ޔުނިވަރސިޓީއަކީ ރާއްޖެއިންވެސް ޗަންދާ ދައްކައިގެން ހިންގާ ޔުނިވަރސިޓީއަކަށްވާތީ، މިޔުނިވަރސިޓީގައި ކިޔަވަން ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށް ވަރަށް އަގުހެޔޮކޮށް ކިޔެވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. ކޯސްތަކަށް ހޮވުމުގައި ބެލެވޭ ޝަރުޠުތަކާއި އިތުރު ތަފުސީލުތައް، ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓް www.sau.ac.in އިން ލިބެން ހުންނާނެއެވެ.

ވީމާ، މިކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯހަށް އެޕްލައި ކުރުމުގެ ކަންތައް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓުން އޮންލައިންކޮށް، ކުރިއަށް ގެންދެވެން އޮތްކަމުގައި ޢާންމުކޮށް އެންގުމުގެ ގޮތުން ދެންނެވީމެވެ. އަދި ކޯހަށް އެޕްލައިކުރުމުގައި އިތުރު މަޢުލޫމާތާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމުގެ ފުރުޞަތު އޮތް ވާހަކަވެސް ދެންނެވީމެވެ.

20 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015