ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ޑަމްޕް ޓްރަކްއެއް ގަތުމަށް ބޭނުންވެކުރެވުނު ނަމްބަރު (IUL)113-PD/1/2023/92 އިއުލާނާއި ގުޅިގެން ސްޕެސިފިކޭޝަން އަށް ފެތޭ ޕްރޮޕޯސަލްއެއް ލިބިފައި ނުވާތީ މި ނަމްބަރު އިޢުލާން ބާތިލްކޮށްއަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް ޑަމްޕް ޓްރަކްއެއް ސަޕްލައިކޮށް ޑެލިވަރ ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މައުލޫމާތު ސާފުކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ޕްރީބިޑް މީޓިންގ
|
ޕްރީބިޑް މީޓިންގ 07 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ޕްރީބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
13 އޮގަސްޓް 2023 ވާ އާދީޢްތަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، ޓީއޯއާރްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށްގޮސް މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.