ތަމްރީނު
ނަންބަރު: MNU-CA-RG/2023/07
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 24 އޮގަސްޓް 2023 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކްގެ ޖާގަ ހުރި ކޯސްތަކަށް އިޢުލާންކުރުން

އިޢުލާން

 

2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާނެއެވެ. ޑިޕްލޮމާ އިން މަތީގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 17 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ސެޓްފިކެޓް ލެވެލް 3، އެޑްވާންސްޑް ސެޓްފިކެޓް އަދި ފައުންޑޭޝަން ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 24 އޮގަސްޓް 2023ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު /courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

01 އޮގަސްޓް 2023