ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)425-C1/1/2023/179
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 07 އޮގަސްޓް 2023 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުޕަވައިޒަރ - ކޮންޓްރެކްޓް

އިޢުލާނު

މަޤާމު:

ސުޕަވައިޒަރ

ބޭނުންވާ އަދަދު:

05

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ /  ލޭންޑްސްކޭޕިންގ އެންޑް ގްރީނަރީ ޑިޕާޓްމަންޓް.

މުސާރަ:

10000.00 ރުފިޔާ.

ސަރވިސް އެލަވަންސް (ފޯން އެލަވަންސް އާއި އެކު):

5000.00 ރުފިޔާ.

އިތުރުގަޑީގެ އެލަވަންސް:

  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ސިވިލް ސަރވިސް ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ގިނަވެގެން މުސާރައިގެ %50 އާއި ހަމައަށް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓަށް ގެންނަ މުދާ ތަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ޑިޕާޓްމަންޓަށް ބޭރުން ގެންނަ މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުން.
  3. ރަށްރަށުން ގެންނަ މުދާ ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ނާސަރީތަށް ބެލެހެއްޓުން.
  5. ނާސަރީތަކުގެ މަރާމާތު ކަންތައްތައް ބެލެހެއްޓުން.
  6. ނާސަރީތަށް ބަލަހައްޓަން ހޯދަންޖެހޭ ތަކެތީގެ ލިސްޓް ހަދައި އިދާރީ ގޮތުން މަސައްކަތްކުރުމަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  7. ނާސަރީތަކުގައި ހުންނަ ގަސްތަކަށް ގަވައިދުން ބޭސްޖަހައި ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި އެ މަސައްކަތްކުރުން.
  8. ޑިޕާޓްމަންޓްގެ މަސައްކަތަށް ހަމަޖައްސަންޖެހޭ އެއްގަމު އަދި ކަނޑު ދަތުރުތަށް ހަމަޖެއްސުން.
  9. ޑިޕާޓްމަންޓްގެ ވެހިކަލްތަކާއި މުދާ ބެލެހެއްޓުން.
  10. ޑިޕާޓްމަންޓްގެ ލޮޖިސްޓިކް އެންމެހާ ކަންތައްތައް ހަމަޖެއްސުން.
  11. ޙަވާލުކުރެވޭ މުވައްޒަފުން ސްޕަވައިޒްކޮށް ބެލެހެއްޓުން.
  12. މަގުމަތީ ގަސްއިންދުމުގެ ޕްރޮގްރާމްތައް ޝެޑިއުލްކޮށް ޝެޑިއުލްއާއެއްގޮތަށް މަސައްކަތްކުރުމާއި މަސައްކަތް ކުރުވުން.
  13. ނާސަރީތަކަށް ލިބޭ ގެއްލުންތަށް ރިޕޯޓްކޮށް ރަނގަޅުކުރުމުގެ މަސައްކަތްކުރުން.
  14. ވެހިކަލްތަކަށް ލިބޭ ގެއްލުން ރިޕޯޓްކޮށް ރަނގަޅުކުރުމުގެ މަސައްކަތްކުރުން.
  15. މަގުމަތީ އިންދާ ގަސްތަކަށް ލިބޭ ގެއްލުން ރިޕޯޓްކޮށް ރަނގަޅުކުރުމަށް މަސައްކަތްކުރުން.
  16. ކަސްޓަމަރުންނާއެކު ރަނގަޅު ގުޅުމެއް އުފެއްދުން.
  17. އެކި އެކި ޕްރޮގްރާމްތަކަށް ކުއްޔަށް އަދި ހިލޭ ގަސް ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  18. ޒީނަތްތެރިކުރުމަށް ގަސް ބަހައްޓަން ހަވާލުކުރެވޭ ތަންތަނުގައި ގަސް ބެހެއްޓުމާއި ގަސް ބަދަލުކުރުމުގެ މަސައްކަތް ގަވައިދުން ބެލެއްޓުން.
  19. ކައުންސިލުން ބާއްވާ ހަފްލާތަކާ ބައްދަލުވުންތަކުގެތެރެއިން ދައުވަތު ދެވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
  20. މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ގްރޭޑް 8 ގެ ފެންވަރުހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 އޮގަސްޓް 2023 ގެ 14:00 ގެ ކުރިން، މި އިދާރާގެ ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                                  14 މުޙައްރަމް 1445

01 އޮގަސްޓް 2023