ދިވެހިރާއްޖެ
(IUL)38-AC/38/2023/346 :ނަންބަރު
އިޢުލާން
މި ކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2023/308، (IUL)38-CA/38/2023/329 އަދި (IUL)38-CA/38/2023/344 އިޢުލާނުން 2023 ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ތިރީގައި މިދަންނަވާ ރިސޯޓުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.
ވޯޓުފޮށިބަހައްޓާ ރަށް/ތަން |
ވޯޓުލާސަރަޙައްދު |
ވޯޓުފޮށީގެނަން |
ވޯޓުފޮށީގެކޯޑު |
ވޯޓުފޮށީގެނަންބަރު |
ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ސީ.އާރް.އެފް އިންސްޕިރޭޝަން ރޫމް |
މި ފޮށްޓަށް ވޯޓުލާނީ ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް(ކ.ގިރާވަރު) |
Z82.1.1 |
608 |
ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ސީ.އައި.އާރް.އެމް ޓްރެއިނިންގ ރޫމް |
މި ފޮށްޓަށް ވޯޓުލާނީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް (އދ.މައްޗައްފުށި) |
Z83.1.1 |
609 |
ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 30 (ތިރީސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.