ބީލަން
ނަންބަރު: (IUL)227-ID/227/2023/43
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 10 އޮގަސްޓް 2023 11:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސީލިންގް މައުންޓް އެއަރ ކޮންޑިޝަނާ ސަޕްލައިކޮށްދިނުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާއަށް ބޭނުންވާ ސީލިންގް މައުންޓް އެއަރ ކޮންޑިޝަނާ ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، https://www.shaviyani.gov.mv/bid މެދުވެރިކޮށް ‏2023‏ އޮގަސްޓް‏ 03ން ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރ ވެލެއްވޭނެއެވެ. މިބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
  3. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv)އިން ‏2023‏ އޮގަސްޓް‏ 01ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2023‏ އޮގަސްޓް‏ 06ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2023‏ އޮގަސްޓް‏ 06 ވާ އާދިއްތަ ދުވަހުގެ 13:00ގެ  ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ އޮގަސްޓް‏ 10ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

31 ޖުލައި 2023