މަސައްކަތް
ނަންބަރު: (IUL)22-PU/1/2015/46
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 16 ފެބުރުވަރީ 2015 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް

ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ޢިމާރާތް ކުރަމުންދާ ޢިމާރާތްތަކުގެ ފަންނީ މަސައްކަތްތަކަށް ބޭނުންވާ ލަފާދިނުމާއި އަދި އެފަދަ ޢިމާރާތްތަކުގެ މަސައްކަތް ހިނގަމުންދާއިރު އެ މަސައްކަތް ސްޕަވައިޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުދީ އަދި ޓެކްނިކަލް ޑްރޯވިން ތައްޔާރު ކުރުން ފަދަ ފަންނީ ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާތީ، އެކަމުގެ ތަޖުރިބާ ލިވިފައިވާ ޤާބިލު ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

16 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 14:00 އަށް

19 ފެބުރުވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

21 ރަބީޢުލްއާޚިރު 1436

10 ފެބުރުވަރީ 2015