މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/014
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 19 ފެބުރުވަރީ 2015 15:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީ. ވޯޓަރ ކޫލިންގ ސިސްޓަމްގެ އީ.އައި.އޭ ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ޤާއިމުކުރުމަށް ބޭނުންވާ ސީ. ވޯޓަރ ކޫލިންގ ސިސްޓަމްގެ އީ.އައި.އޭ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ފަރާތުން އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ޤާއިމުކުރަން ބޭނުންވާ ސީވޯޓަރ ކޫލިންގ ސިސްޓަމް (ބޯހޯލް ހެދުމާއި، ޕަންޕް ސްޓޭޝަން ހެދުމާއި، މޫދަށް ހޮޅިއެޅުން) ޤާއިމު ކުރުމުގެ މަސައްކަތާއި އަދި މިމަސައްކަތާ ގުޅުންހުރި އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ރިޕޯޓު ޑިޒައިން އެންޑް ބިލްޑް އުސޫލުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2015/006ފ(22 ޖަނަވަރީ 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަން ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ބޭނުންވާނެ އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާސް 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 8:30 ން ފެށިގެން 15:30 ގެ ނިޔަލަށް މިކުންފުނީގެ ހެޑްއޮފީހުން (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގ 07 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެއެވެ. މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކުންފުނީގެ ހެޑްއޮފީސް (ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާ) އަށެވެ.

22  ރަބީޢުލްއާޚިރު  1436

12 ފެބުރުވަރީ 2015