ދިވެހިރާއްޖެ
މި އޮތޯރިޓީއިން ދޭ މައުލޫމާތާއި އެއްގޮތަށް އޮފީސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ކުރެވުނު ނަންބަރު: (IUL)221-ASS/221/2023/44 އިއުލާންގައި ލިއުމުގެ ކުށެއް ފާހަގަވެފައިވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖުލައި 31 ވާ ހޯމަ ދުވަހުން ފެށިގެން 2023 އޮގަސްޓް 07 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކް: https://forms.office.com/r/XbBfdsCNd0
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.