މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/013
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 19 ފެބުރުވަރީ 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނުނިމިހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ގދ.ފިޔޯރީގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެއަށް މިކުންފުނިން ގެންނަން ބޭނުންވާ ބަދަލުތަކާއެކު ނުނިމިހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ތައްޔާރުކުރެވިފައިވާ މައުލޫމާތުޝީޓު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑި ހެނދުނު 08:00 ން 16:00 އަށް މި ކުންފުނީގެ ހެޑްއޮފީހުންނާއި (ޕޯޓް ކޮލްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަދި ތިރީގައިވާ ބްރާންޗްތަކުން ލިބެން ހުންނާނެއެވެ. މަޢުލޫމާތުޝީޓުގައި ކުރަންހުރި މަސައްކަތްތަކުގެ އަންދާސީހިސާބު 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކުންފުނީގެ ހެޑްއޮފީހަށް ނުވަތަ ގދ.ފިޔޯރީ ބްރާންޗް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަސައްކަތް ޙަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި މިވަނީއެވެ.

  • އަގު: 70 މާކްސް
  • މަސައްކަތް ނިންމާ މުއްދަތު: 20 މާކްސް
  • މަސައްކަތުގެ ތަޖުރިބާ: 10 މާކްސް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

ބްރާންޗްތައް:

  1. ގދ. ފިޔޯރީ
  2. ގދ. ތިނަދޫ
  3. ގދ. ހޯޑެއްދޫ
  4. ގދ. ގައްދޫ
  5. ގދ. ރަތަފަންދޫ
  6. ގދ. ވާދޫ
  7. ގދ. ނަޑެއްލާ
  8. ގދ. މަޑަވެލި
  9. ގދ. ފަރެސްމާތޮޑާ

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015