ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2015/53
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 22 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް  އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ޒުވާނުންގެ މަރުކަޒު

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2-  ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ހުޅުމާލޭ ޔޫތު ސެންޓަރުގެ ޑިޔުޓީއަށް ނިކުތުމާއިއެކު ކަނޑއެޅޭ އުސޫލެއްގެ މަތިން ގަލޮޅު އެކްޓިވިޓީ ސެންޓަރ، ވިލިމާލެ ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒުގެ ޑިޔުޓީތަކަށް ނިކުތުން.
  • ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވޯކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
  • ބާއްވާ އެކި އެކި ކުޅިވަރު މުބާރާތްތައް ދަނީ ތާވަލްގައި ވާ ގޮތުގެ މަތިންތޯ ޗެކުކޮށް އެއްވެސް މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  • ކުޅިވަރު ކުޅުމަށް އަންނަ މެންބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން.
  • ރޭވިފައިވާ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއް ވާނަމަ އެކަމެއް ކުރުން.
  • ސެންޓަރަށް ޒިޔާރަތް ކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ގަވާއިދާ އެއްގޮތަށްތޯ ބަލާ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ސެންޓަރުގެ ފަރާތުން ހިންގާ ކުޅިވަރު މުބާރާތްތައް ރާވައި ހިންގުން.
  • ސެންޓަރުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އޮފީސް ހުޅުވައި ލެއްޕުމާއި ޑިޔުޓީއަށް ގަވާއިދުން ނުކުތުން.
  • އިޖްތިމާޢީ ކަންކަމާއި މުނިފޫހި ފިލުވުމުގައި އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ނަން: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް  އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު (ކ. ވިލިނގިލި)

ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2-  ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ވިލިމާލެ ޔޫތު ސެންޓަރުގެ ޑިޔުޓީއަށް ނިކުތުމާއިއެކު ކަނޑއެޅޭ އުސޫލެއްގެ މަތިން ގަލޮޅު އެކްޓިވިޓީ ސެންޓަރ، ހުޅުމާލެ ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒުގެ ޑިޔުޓީތަކަށް ނިކުތުން.
  • ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވޯކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
  • ބާއްވާ އެކި އެކި ކުޅިވަރު މުބާރާތްތައް ދަނީ ތާވަލްގައި ވާ ގޮތުގެ މަތިންތޯ ޗެކުކޮށް އެއްވެސް މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  • ކުޅިވަރު ކުޅުމަށް އަންނަ މެންބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ޤަވާއިދުން ދޫކޮށް ބެލެހެއްޓުން.
  • ރޭވިފައިވާ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއް ވާނަމަ އެކަމެއް ކުރުން.
  • ސެންޓަރަށް ޒިޔާރަތް ކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ޤަވާއިދާ އެއްގޮތައްތޯ ބަލާ ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ސެންޓަރުގެ ފަރާތުން ހިންގާ ކުޅިވަރު މުބާރާތްތައް ރާވައި ހިންގުން.
  • ސެންޓަރުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އޮފީސް ހުޅުވައި ލެއްޕުމާއި ޑިޔުޓީއަށް ގަވާއިދުން ނުކުތުން.
  • އިޖްތިމާޢީ ކަންކަމާއި މުނިފޫހި ފިލުވުމުގައި އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ނޯޓް:

- އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުތަކުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވެލާނާގޭ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

20 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015