ނީލަން
ނަންބަރު: (IUL)AEH/AEH/2023/77
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 05 އޮގަސްޓް 2023 11:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގައި ހުރި ބާވެފައިވާ ތަކެތި ނީލަމުގައި ވިއްކުން

މި ހޮސްޕިޓަލުގައި ހުރި ބާވެފައިވާ ތަކެތި ނީލަމުގައި ވިއްކުން         

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން، މިހޮސްޕިޓަލުގައި 05 އޯގަސްޓް 2023 ވަނަ ދުވަހު ހެނދުނު 11:00 ގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ވަނީ ލޮޓުތަކަށް ބަހާލެވިފައެވެ. އަދި ނީލަން ކިޔޭނީ މިއިން ކޮންމެ ލޮޓަކަށް އެއްކޮށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގާއި، ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 05 އޯގަސްޓް 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް މިހޮސްޕިޓަލަށް ޙާޟިރުވުން އެދެމެވެ. އަދި، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި އެކު 05 އޯގަސްޓް 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އަށް މިހޮސްޕިޓަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 1 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިހޮސްޕިޓަލުގެ މެއިން އޯ.ޕީ.ޑީ ކައުންޓަރަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޖުލައި 2023