ވަޒީފާގެ ފުރުޞަތު
ނަންބަރު: ( IUL)141-A2/1/2015/52
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 22 ފެބުރުވަރީ 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑަންސް އޮފިސަރ

މުސާރަ:  4465.00ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ  

ޝަރުޠު:

1- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް  3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ފެސިލިޓޭޓަރ ޓްރޭނިންގ ހިންގުން
  2. އެޕްރެންޓިސްޝިޕް އިންޓަންޝިޕް ޕްރޮގްރާމްތައް ހިންގުން
  3. ވަޒީފާގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ ޒުވާނުންނަށް ބޭނުންވާ ޓްރެނިންގ ދެނެގަނެ އެކި ފަރާތްތަކާއި ގުޅިގެން އެ ޓްރެއިނިގްތައް ހިންގައި، ޕްރޮގްރާމް މޮނިޓަރކޮށް ބެލެހެއްޓުން
  4. ސެކްޝަންގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުން
  5. ހިންގޭ ޕްރޮގްރާމްތަކުގެ ސްޓެޓިސްޓިކްސް ބަލަހައްޓައި ރިޕޯޓު ތައްޔާރުކުރުން.
  6. ސެންޓަރުން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުން

މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑަންސް އޮފިސަރ

މުސާރަ:  4465.00ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން:  އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ 

ޝަރުޠު:

1- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ސެންޓަރުގެ މަންތްލީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. އެޓެސްޓެ ކުރުން
  3. ސެންޓަރުން ހިންގާ ވޯކްޝޮޕްތައް ހިންގުން
  4. އަތޮޅުތެރެއާއި މާލޭގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމުތައް ހިންގުން
  5. ވަޒީފާގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  6. ހުސް ވަޒީފާތަކުގެ ޑޭޓާބޭސް ބެލެހެއްޓުން

މަޤާމުގެ ނަން: މަސައްކަތު

މުސާރަ:  3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00ރުފިޔާ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: އެޑްމިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ކޮންމެ ދުވަހަކު އޮފީސްތެރެ ކުނިކަހާ މުވައްޒަފުންގެ މޭޒު، އަދި އެހެނިހެން ފަރުނީޗަރު ފޮޅައި ސާފުކުރުން

- ކޮންމެ ދުވަހަކު މިނިސްޓްރީގެ ފާޚާނާތައް ދޮވެ ސާފުކުރުން

- ކޮންމެ ދުވަހަކު މިނިސްޓްރީގެ މީޓިންގެ ރޫމް ފޮޅައި ސާފުކުރުން

- މީޓިންގތަކަށް ސަޔާއި ކޮފީ ވެއްދުން

- މިނިސްޓްރީގެ ސައިކޮޓަރިތެރެ ފޮޅައި ސާފުތާހިރުކޮށް ބެލެހެއްޓުން

ނޯޓު: 

- މި މަގާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 ފެބްރުވަރީ 22 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

20 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015