ކުއްޔަށް ހިފުން
ނަންބަރު: (IUL)255/255/2023/44
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 07 އޮގަސްޓް 2023 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުދައްރިސް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ޤުރުއާން މުދައްރިސް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

(IUL)255/255/2023/44

30 ޖުލައި 2023

          މިއިދާރާގެ ނަމްބަރ (IUL)255/255/2023/39  ( 17 ޖުލައި 2023 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.

 މިކައުންސިލާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން މިރަށުގައި ހިންގަމުންދާ ޤުރުއާން ކުލާހުގެ މުދައްރިސްގެ ހުރުމާއި ކެއުން ހަމަޖައްސަވައި ދެއްވާނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، އެމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މިކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

07 އޮގަސްޓް 2023 ( ހޯމަ ) / ގަޑި 13:00

10 އޮގަސްޓް 2023 (ބުރާސްފަތި) / ގަޑި 13:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިއަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ. އަންދާސީހިސާބު ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާފަރާތުގެ ނަން އޮންނަންވާނެއެވެ.

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

30 ޖުލައި 2023